މާލެ: 31°C

ގޯތި ދިނުމުގެ ކަންތައް ސަރުކާރުން ކުރާތީ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާ މެމްބަރު ނުރުހިއްޖެ

February 22, 2023
2 ފަހަރު ބަލާފައި
ގޯތި ދިނުމުގެ ކަންތައް ސަރުކާރުން ކުރާތީ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާ މެމްބަރު ނުރުހިއްޖެ
ގޯތި ދިނުމުގެ ކަންތައް ސަރުކާރުން ކުރާތީ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާ މެމްބަރު ނުރުހިއްޖެ
ސަރުކާރުގެ ވުޒާރާއަކުން މާލެއިން ގޯތި ދޫކުރުމަކީ ޤާނޫނު ދަންނަކަމެއް ނޫންކަމަށް ވިދާޅުވެ މާލެ ސީޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ނުރުހުން ފާޅުކުރައްވައިފި އެވެ. މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 90 ވަނަ ޖަލްސާގައި ޝުޖާއު ވިދާޅުވީ މާލޭގެ އިންތިހާބުވެފައި އޮތް ކައުންސިލެއް އޮއްވާ ސަރުކާރުގެ ވުޒާރާއަކަށް މާލެއިން ގޯތި ދޫނުކުރެވޭނެ ކަމަށެވެ. މާލެއިން ގޯތި ދޫކުރުމަކީ އެކައުންސިލްގެ އިހުތިސޯސް ތެރޭގައި ހިމެނޭ ކަމެއްކަމަށާއި ސަރުކާރުގެ ވުޒާރާ އަކުން އެކަން ކުރުމަކީ ޤާނޫނު ދަންނަކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ..."އެހެން ރަށްތަށުގެ ކައުންސިލްތަކުން އެރަށްރަށުގެ ބިމުން ގޯތި ކަނޑާފަދެނީ، ޕްލޭނިންގ މިނިސްޓްރީއަކުން ނޫން، ކުންފުންޔަކުންނޫ އެރަށެއްގެ ކައުންސިލުން ދެނީ." ސުޖާއު ވިދާޅުވިއެވެ. އެއްގާނޫނެއް ހިނގާއިރު މާލެ ސަރަހައްދުން ގޯތި ދިނުމުގައި ރައީސް ސޯލިހު ބިންތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިތްޕަވާ، ވަކި ބަޔަކަށް މަންފާވާ ގޮތައް ކަންކަން ކުރައްވާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އޭކަމުގެ ޝަކުވާގެ އަޑު އާންމުންގެ ތެރޭގައި ގަދަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ އެކު ދެން ބާއްވާ ބައްދަލުވުމެއްގައި އެކަމުގެ މައުލޫމާތު ސާފުކޮށްދޭން އޭނާ މިއަދު ކައުންސިލަށް ހުށަހެޅުއްވި އެވެ. ޝުޖާއު މިމޭރުމުން ވާހަކަ ދެއްކެވީ ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންތަކަށް ހައުސިން މިނިސްޓްރީން ކޮމިޓީއެއް އެކުލަވައިލާފައި ވަނިކޮށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ