މާލެ: 31°C
ގަސްތުގައި ރޯކޮށްލުމުން ހަތް ސައިކަލާއި ވޭނަކަށް ގެއްލުން ވެއްޖެ

ގަސްތުގައި ރޯކޮށްލުމުން ހަތް ސައިކަލާއި ވޭނަކަށް ގެއްލުން ވެއްޖެ

June 4, 2024
3 ފަހަރު ބަލާފައި
ގަސްތުގައި ރޯކޮށްލުމުން ހަތް ސައިކަލާއި ވޭނަކަށް ގެއްލުން ވެއްޖެ
މާލޭ ޕާކިން ޒޯނެއްގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލައިފި އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މެދު ޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީ ސައިކަލް ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ދަންވަރު 3:03 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އަލިފާން ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކާއި ވޭނަށް ގެއްލުން ލިބިފައިވާ ކަމަށެވެ. "މީގެ ތެރެއިން 3 ސައިކަލު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި" މީޑިއާ އަށް ފޮނުވި މެސެޖުގައި ފުލުހުން ބުންޏެވެ. އަލިފާން ރޯކޮށްލި މީހާ ދެނެގަނެ އެ މީހާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ