ޖުމްހޫރީ ޕާޓިގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އިސްމާއިލް ސުޖާ (ޗާންދަނީ) އަދި އިބްރާހިމް ސުޖާ ހަމަޖައްސައިފި އެވެ.
އެބޭފުޅުންގެ ތެރެއިން، އިސްމާއީލް ސުޖާ، މިއަދު ޖޭޕީއާއި ގުޅިވަޑައިގެންނެވީ، 300 މެމްބަރުންގެ ސޮޔާއެކުގައެވެ.
[embed]https://twitter.com/ahmed_nihan/status/1686686041154187264[/embed]
މިއަދު ކުރިއަށްދާ ޖޭޕީގެ 159 ވަނަ ކައުންސިލް ބައްދަލު ވުމުގައި އެ ތިންބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަދު އޮތް އެ ބައްދަލު ވުމަކީ ގާސިމް "ބައެއް ވާހަކަތައް ކައުންސިލާ ހިއްސާކުރަން،" ބޭއްވެވި ބައްދަލުވުމެއްކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ. ބައްދަލުވުމަށް ފަހު ގާސިމް މީޑިއާއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިއަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު ޖޭޕީން ވަނީ ގާސިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ.







