
ގާސިމްގެ ސިޓީއެއް އިޓްލޮސް އަށް
ގާސިމްގެ ސިޓީއެއް އިޓްލޮސް އަށް
ލިޔުން:
ޗާގޯސް މައްސަލައިގައި މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ، (އިޓްލޮސް) އިން ހުކުމްކުރަން ތައްޔާރުވެފައިވަނިކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް އެޓްރައިބިއުނަލަށް ސިޓީއެއްފޮނުއްވާފައިވާކަމަށް ވިދާޅުވެއްޖެއެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އެމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި އެމަނިކުފާނު ފޮނުއްވި ސިޓީއެއްކަމުގައެވެ.
"... ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާން ކޮށް އިޓޮލްސް އަށް އަޅުގަނޑުމިއަދު ފޮނުވި ސިޓީ އަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ" ގާސިމް ވިދާޅުވިއެވެ.
[embed]https://twitter.com/qasimibrahim/status/1651840285574569985[/embed]
އިއްޔެ ފޮނުވާފައިވާ އެސިޓީގައި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ މަޑުޖައްސާލަދޭން ޖުމްހޫރީޕާޓިން އެދިފައިވެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް އެ މައްސަލަ މަޖުޖައްސަން އެދި އިޓްލޮސްއަށް ސިޓީއެއް ފޮނުވާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
