
ގާސިމް މަރާލި އަދުހަމް މަރަން ހުކުމްކޮށްފި
ގާސިމް މަރާލި އަދުހަމް މަރަން ހުކުމްކޮށްފި
ލިޔުން:
ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލިކަން ސާބިތުވެފައިވާ އަދުހަމް މުހައްމަދު މަރަން، ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހާސިމްގެ ހުރިހާ ވާރިސުން ވެސް ބޭނުންވީ މަރަށް މަރު ހުފުމަށް ކަމަށްވާތީ، މަައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، މި ކުށަށް ކަނޑައެޅޭނެ އަދަބަކީ މަރުގެ އަދަބު ކަމަށެވެ.
ނަމަވެސް އަދަބު ތަންފީޒު ކުރުމުގެ ކުރީގެ އެއްވެސް މަރުޙަލާއެއްގައި ގާސިމްގެ ވާރިސުން މާފު ދީފިނަމަ، މަރުގެ އަދަބު ތަންފީޒު ކުރެވިގެން ނުދާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ގާސިމަށް ހަމަލާދިނީ ގަސްތުގައި ނޫން ކަމަށާއި، މަސްތުގެ ހާލަތުގައި ކަމަށް އަދުހަމް ބުނި ނަމަވެސް އޭނާ އެދުވަހު އަމިއްލަ އިހްތިޔާރުގައި މަސްތުވެގެންހުރީ އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތެއްގައި ނޫންކަން، ގާޒީ ފާހަގަކުރެއްވިއެވެ. އަދި ހަމަލާދިން ގޮތް އެކިފަހަރު އެކި ގޮތަށް އަދުހަމު ކިޔައިދިން ނަމަވެސް އަދުހަމުގެ އަތުގައި އޮތް ވަޅިއަކުން ހަމަލާދިންކަން ކޮންމެ ފަހަރަކު ވެސް އެނގޭކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ގާޒީ ވަނީ ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އޭނާ މަރަން ހުކުމް ކުރައްވާފައެވެ.
ގާސިމް ހަސަން އަކީ އދ. މާމިގިލީ މީހެކެވެ. ޓެކްސީ ޑްރައިވަރަކަށް އުޅުނު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
