މާލެ: 31°C

ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަމަހު ނުވައެއްގަ

ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަމަހު ނުވައެއްގަ
May 25, 2023
2 ފަހަރު ބަލާފައި
ގާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން އަންނަމަހު ނުވައެއްގަ

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

ގާސިމަށް ރިޔާސީ ޓިކެޓް އެރުވުން އޮންނާނީ ޖޫން ނުވަ ވަނަ ދުވަހުގެ ރޭ މާލޭ ކާނިވާ ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާއެއްގައި ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޓިކެޓް އަރުވާ ޖަލްސާއަކީ ޖޭޕީން މި ފަސް އަހަރުގެ ތެރޭގައި ހިންގާ މިފަދަ ސިޔާސީ އެންމެ ބޮޑު ހަރަކާތެވެ.

ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މާޗް 16 ވަނަ ދުވަހު އެވެ. އެ ފުރުސަތު މާޗް 30 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ހަމަވިއިރު ޕާޓީގެ ލީޑަރު ގާސިމުގެ އިތުރުން އެހެން އެއްވެސް މީހަކު ފޯމު ހުށަހަޅާފައިނުވާތީ އެމަނިކުފާނަށް ވަނީ ރިޔާސީ ޓިކެޓު ލިބިފައެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރުގެ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ