އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ވެރިކަން ކުރާ ޕީއެންސީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މި މައްސަލަ ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމެޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވި ގޮތުގައި، ޤާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރެވޭނީ ހަމައެކަނި ހަތަރު މުއައްސަސާއެއްގެ އެކަނި އެވެ. އެއީ އޮޑިޓަރ ޖެނެރަލްގެ އޮފީސް، ސިވިލް ސަރވިސް ކޮމިޝަން، ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހެވެ.
މި ހަތަރު މުއައްސަސާ އާއި ޤާނޫނަށް ބަދަލު ގެނެސްގެން މުސާރަ ކުޑަކުރަންޖެހޭ ހަތް މުއައްސަސާގެ މުސާރަ ކުޑަކުރުމުން އަހަރެއްގެ މައްޗަށް ސަލާމަތްކުރެވޭނީ އެންމެ 14.1 މިލިއަން ރުފިޔާ،“ ޤާސިމް ވިދާޅުވި އެވެ.
ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޤާސިމް ފާހަގަކުރެއްވި ގޮތުގައި، މި ދަނޑިވަޅުގައި ސަރުކާރަށް އެންމެ ރަނގަޅުވާނީ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ނުގެނެސް، އެހެނިހެން ގޮތްގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި







