މާލެ: 31°C
ގާސިމް އާއި ކާނަލް ނާޒިމްގެ ހާއްސަ ބައްދަލުވުމެއް ސަން އައިލެންޑްގައި

ގާސިމް އާއި ކާނަލް ނާޒިމްގެ ހާއްސަ ބައްދަލުވުމެއް ސަން އައިލެންޑްގައި

July 18, 2023
3 ފަހަރު ބަލާފައި
ގާސިމް އާއި ކާނަލް ނާޒިމްގެ ހާއްސަ ބައްދަލުވުމެއް ސަން އައިލެންޑްގައި
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ހާއްސަ ބައްދަލުވުމެއް ސަން އައިލެންޑްގައި ކުރިއަށް އެބަދެއެވެ. ގާސިމްގެ އެޑްވައިޒަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްލުވުމުގައި ނާޒިމްއާ އެކުގައި އެމްއެންޕީގެ އިސް ބޭފުޅުން ކަމަށްވާ އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ހިމެނިވަޑައިގެންނެވި ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް އާއި އެމްއެންޕީގެ އިސް ބޭފުޅުން މި ބައްދަލުވުމުގައި ސަން އައިލެންޑަށް ވަޑައިގަތީ މިއަދު ހެނދުނެވެ. ނަމަވެސް މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. https://twitter.com/ahmed_nihan/status/1681186669939290112?s=20   ގާސިމާއި ނާޒިމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ބޭފުޅުންނެވެ. އެގޮތުން، ލަފާކުރެވެނީ މި ބައްދަލުވުމަކީ އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ. ޖުމްހޫރީ ޕާޓީއަކީ މިހާރު ވެރިކަން ކުރަމުން އަންނަ އެމްޑީޕީގެ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު މަސައްކަތް ނުކުރާނެ ކަމަށާއި ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ނިންމާ މިހާރު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓުވެސް ދީފައެވެ. ގާސިމްގެ ކެމްޕޭން ހަރަކާތްތައް ފަށާފައިވާއިރު، ޖަލްސާތަކުގައި ރައީސް ސޯލިހަށާއި މިހާރުގެ ސަރުކާރަށް ފާޑު ކިޔާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އަދި އެމްޑީޕީން ވަކިވި މެންބަރުން އުފައްދާފައިވާ ދަ ޑިމޮކްރެޓްސްއާއި އެކުވެސް މީގެ ކުރިން ގާސިމް ވަނީ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކުރައްވާފައެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާތަނަށް އެނގިފައިވާ ގޮތުން ވާދަކުރައްވާނީ ޖޭޕީގެ ޓިކެޓުގައި ލީޑަރު ގާސިމް އިބްރާހީމް، އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ