ގޭސްގުދަންތައް ކައިރީގައި ހިންގާ ކެފޭ ތާސީރު ހުއްޓުވަން ސިޓީކައުންސިލުން ނިންމައިފި

ގޭސްގުދަންތައް ކައިރީގައި ހިންގާ ކެފޭ ތާސީރު ހުއްޓުވަން ސިޓީކައުންސިލުން ނިންމައިފި
ލިޔުން:
މޯލްޑިވް ގޭހުގެ ގުދަނަކާއި ވިލާ ގޭހުގެ ގުދަނެއްގެ ކައިރީގައި، މާލާގެ ދެކުނު ފަރާތުގައި ހިންގަމުން އަންނަ "ކެފޭ ތާސީރު" ހިންގުން ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަަޅުތައް އަޅަން މާލޭ ސިޓީކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ކެފޭ ތާސީރު ބަންދުކުރުމުގެ މައްސަލަ މާލޭ ސިޓީކައުންސިލުން މިއަދު ބޭއްވި އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 85 ވަނަ ބައްދަލުވުމަށް ހުުށަހެޅުއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެ މައްސަލަ ހުށަހަޅުއްވަމުން މުއިއްޒު ވިދާޅުވީ ގޭސް ގުދަންތަކަކާއި ޕެޓްރޯލްޝެޑެއްގައި ކައިރީގައި ހުރި އެ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އެއީ ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ ބޮޑު ނުރައްކަލަކަށް ވާނެ ކަމަށެވެ.
"ހުރިހާ ގޭސްފުޅިތަކެއް އެހެރީ [އެކެފޭއާ] ޖެހިގެން. އަދި މާ ދުރުނޫން ހިސާބެއްގައި ޕެޓްރޯލްޝެޑް ވެސް އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.
ކެފޭ ތާސީރު ހިންގާ ބިމަކީ ދައުލަތުގެ ބިމެކެވެ. އެ ކެފޭ ހިންގާ ފަރާތަށް އެބިން ދޫކުރީ ކެފޭ އާ އެކު ޕޭ ޓޮއިލެޓެއް ހިންގާ ގޮތަށް، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުންނެވެ. އެހެން ނަމަވެސް ކެފޭ ހިންގާ ފަރާތުން ޕޭ ޓޮއިލެޓް ނުހިންގާތީ ސިޓީ ކައުންސިލުން އެ އެއްބަސްވުން އޮތީ ބާތިލުވެސް ކޮށްފަ އެވެ. އެ އަށް ފަހު ވެސް އެެތަން ހުސް ނުކުރުމުން ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ދިއުމުން އެކޯޓުން މައްސަލަ ނިންމީ ސިޓީކައުންސިލާ އެއްކޮޅަށެވެ.
މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި ކެފޭ ހިންގާ ފަރާތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓަށް ވައްދައިފަ އެވެ.
"އަޅުގަނޑުމެން ވަރަށް ފަހުން ވެސް އެތަން ހުސްކުރަން ދިޔައިން. ދިޔައިމާ އެފަރާތުން ދަަށުކޯޓަށް މައްސަލަ ހުށަހަޅައި ވަގުތީ އަމުރެއް ނެރެން މަސައްކަތްކޮށް، ކައުންސިލާ ދެކޮޅަށް ކޯޓަކުން ނުއެއް ނެރެދިން ވަގުތީ އަމުރެއް. ދެން އެފަރާތުން ވަނީ ހައިކޯޓަށް ގޮސްފައި،" މުއިއްޒު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު އެތަން ހުސްކުރަން ބޭނުން ވަނީ އޭނާ ވިދާޅުވި ގޮތުގައި ޕޭޓޮއިލެޓް ހިންގުމުގެ އެއްބަސްވުމާ ހިލާފުވި މައްސަލައިގެ އިތުރުން، އާއްމުންގެ ރައްކާތެރިކަމަށް ޓަކައެވެ.
ގޭސް ގުދަަންތަކެއްގެ ކައިރީގައި އެ ކެފޭ ހިންގުމުގެ ނުރައްކާތެރިކަން މިހާރު ވަކިން ބޮޑަށް ފާހަގަވީ މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގައި ދާދި ފަހުން ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެންނެވެ.
ކެފޭ ތާސީރު ހުއްޓުވަން މުއިިއްޒު ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ސިޓީކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
