މާލެ: 31°C
ގަރާޖަކަށް ގެއްލުން ދިން ދެ މީހަކު ހޯދަނީ

ގަރާޖަކަށް ގެއްލުން ދިން ދެ މީހަކު ހޯދަނީ

February 1, 2024
3 ފަހަރު ބަލާފައި
ގަރާޖަކަށް ގެއްލުން ދިން ދެ މީހަކު ހޯދަނީ
މާލޭގެ ގަރާޖަކަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. ސޯޝަލް މީޑިއާއަށް ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ކޮން ބައެއްކަން ސާފުނުވާ މި ދެ މީހުންނަކީ މ. ސަކަން ގޭގައި ހިންގާ މޮއިރާ އޮޓޯ ސާވިސް އަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށެވެ. [embed]https://youtu.be/h5lB_GeOUIM[/embed] އެހެންކަމުން، އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައެވެ. އަދި ފުލުހުން ވަނީ މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ