މާލެ: 31°C

ގޭންގާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބިދޭގޮތަށް ގޭންގު ކުއްތަށް ހުއްޓުވުމާބެހޭ ގާނޫނުގެ ޑްރާފްޓް ނިންމައިފި

ގޭންގާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބިދޭގޮތަށް ގޭންގު ކުއްތަށް ހުއްޓުވުމާބެހޭ ގާނޫނުގެ ޑްރާފްޓް ނިންމައިފި
August 14, 2024
2 ފަހަރު ބަލާފައި
ގޭންގާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ފުލުހުންނަށް ލިބިދޭގޮތަށް ގޭންގު ކުއްތަށް ހުއްޓުވުމާބެހޭ ގާނޫނުގެ ޑްރާފްޓް ނިންމައިފި

މަސްތުވާތަކެއްޗާއި، ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި "ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނު" އަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި ކަމަށް މިނިސްޓަރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.

އެ މިނިސްޓަރީން ހާމަކޮށްފައިވާ ގޮތުގައި މި ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެހެންކަމުން ގޭންގު ކުއްތައް ހުއްޓުވުމަށްޓަކައި އެގާނޫނަށް ގެންނަންފެންނަ ބަދަލުތައް ގެނެސް މިއަދު އެޓާނީޖެނެރަލެގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

އެ ގާނޫނާށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކޮށްފައިވާނެކަމަށާއި، ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތްތައްވެސް ބަޔާންކޮސްފައިވާނެކަމަށޢި، އަދި ގޭންގު ކުށްތައް ހިންގާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ކުށެއްކަމަށް ކަނޑައަޅައި އެކުށަށް އަދަބު ވެސް ކަނޑަޢަޅާފައިވާނެކަމަށް ބުނެފައިވެއެވެ.

މިނިސްޓަރީން ގެނަިސްފައިވާ ހިސްލާހުގެ ތެރޭގައި ގޭންގު ހަދައިގެން ކުށްކުރާ ގޭންގުތައް ދަނެގަންނާނެ ގޮތަތަކާއި، ގޭންގުތަކާއި ގޭންގު މެންބަރުން ހިމެނޭ ލިސްޓެއް އެކުލަވާލުމާއި ގޭންގު ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ކުށުގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމާއ،ި އެފަދަ ތަޙްޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދިނުމަށްވެސް ހުށަހަޅާފައިވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި ކުއްކުރާ ގޭންގުތަށް މޮނިޓަކުރެވި އަމަން ބަލަހައްޓާ ފަރާތްތަކަށް ގޭންގު މައްސަލަތަކުގައި ބާރުތައް ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއްކަމުގައި ވަރަށް ގިނަ ރައްޔިތުން ބުނަމުނެދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ