މާލެ: 31°C

އިންޑިއާ ބަޔަކު ވައިގެމަގުން އައްޑުއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

July 21, 2026
130 ފަހަރު ބަލާފައި
އިންޑިއާ ބަޔަކު ވައިގެމަގުން އައްޑުއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
އިންޑިއާ ބަޔަކު ވައިގެމަގުން އައްޑުއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ ބަޔަކު ވައިގެމަގުން އައްޑުއަށް އެތެރެކުރަން އުޅުނު 4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މި މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ ގަން އިންޓަރނޭޝަންލް އެއާޕޯޓަށް ޖެއްސި ފުލައިޓަކުން ރާއްޖެއައި އިންޑިއާ 2 މީހެއްގެ ލަގެޖް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ 2 މީހުންގެ ލަގެޖު ޗެކްކުރީ ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ކަމަށާއި، ބަލައި ފާސްކުރުމުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަފްސީލަށް ބަލާއިރު، ދެ ބާވަތެއްގެ ކެނަބިސް ފެނިފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި. މިތަކެތި އަތުލައިގަނެފައިވަނީ، 18 ޖުލައި 2026 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާ 2 ފަސިންޖަރެއްގެ ލަގެޖްގައި pic.twitter.com/KfXnahN66d

— Maldives Customs Service (@CustomsMv) July 21, 2026

އޭގެ ތެރޭގައި 1،975 ގްރާމުގެ ކެނަބިސް އާއި، 3،565 ގްރާމުގެ ކެނަބިސް ހިމެނޭ ކަމަށާއި، މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 5.5 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ލަފާކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ