ގަން އެއާރޕޯޓް ތަރަށްގީވެގެން ދިއުމުން ދެކުނުގައި ހަރުދަނާ އިގްތިސާދީ ހަބެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ: ރައީސް

ގަން އެއާރޕޯޓް ތަރަށްގީވެގެން ދިއުމުން ދެކުނުގައި ހަރުދަނާ އިގްތިސާދީ ހަބެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ: ރައީސް
ލިޔުން:
ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީ.އައި.އޭ) ތަރައްގީ ވެގެން ދިއުމުން ރާއްޖޭގެ ދެކުނުގައި ހަރުދަނާ އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ . މުރަލީދަރަން އާއި ބައްދަލުކުރަށްވައި ދެއްކެވިވާހަކަފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް ސޯލިހު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ގަމުގައެވެ.
ރައީސް ސޯލިހު މުރަލީދަރަންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ރާއްޖެއަށް މުރަލީދަރަން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު ގިނަ މަޝްރޫއުތަކެއް ފެއްޓެވުމުން ހިތްހަމަޖެހިވަޑައިގަންނަވާކަން ފާޅުކުރައްވާފައެވެ. ހާއްސަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީ.އައި.އޭ) ބޮޑުކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޖީ.އައި.އޭ ބޮޑުކުރުމުގެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އަލުން ބައްޓަންކޮށް، ދެކުނު ސަރަހައްދުގައި ހަރުދަނާ އިގްތިސާދީ ހަބެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، މުޖުތަމައު ބާރުވެރިކުރުވުމަށާއި، މީހުންގެ ގާބިލުކަން އިތުރުކުރުމަށާއި، ސިއްހީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން އިންޑިއާ ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ވެސް އިހްލާސްތެރިކަމާއެކު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، އޮޑިޝާ ސްޓޭޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން އިންޑިއާ ސަރުކާރަށާއި ހާލުގައި ޖެހުނު އާއިލާތަކަށް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ސޯލިހު ވަނީ މި ދަތި އުނދަގޫ ހާލަތުގައި ރާއްޖެއިން އިންޑިއާ އާއިއެކު ގާތްކަން ބަހައްޓާނެކަމުގެ ޔަގީންކަން ދެއްވައި، މި ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެވުމުގައި ވާހަކަފުޅު ދައްކަވަމުން މުރަލީދަރަން ވަނީ ރައީސް ސޯލިހުގެ ތަޢުޒިޔާގެ މެސެޖާއި، ދިވެހިސަރުކާރުން ދޭ އެއްބާރުލުންފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް އިހްލާސްތެރިކަމާއެކު ހެޔޮއެދުންތައް ދަންނަވައިދިނުމަށް މުރަލީދަރަންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، މުރަލީދަރަންގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ސޯލިހް އާއި މުރަލީދަރަން ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަޒުމުކަނޑައަޅުއްވައި އެކަމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
