މާލެ: 31°C

ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

December 21, 2022
2 ފަހަރު ބަލާފައި
ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި
ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފިއެވެ. މިކަމަށްޓަކައި ގަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން އެ ރަށު ކައުންސިލް މެމްބަރުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ދުޅަހެޔޮ އާއިލާއަކާއި ހެޔޮލަފާ މުޖުތަމައުމެއް ބިނާކުރުމަށް ބޭނުންވާ އެންމެ މުހިންމު އެއް ވަސީލަތަކީ ތަނަވަސް ބޯހިޔާވަހިކަން ކަމަށެވެ. ސަރުކާރުން މިފަދަ މަޝްރޫޢުތައް ހިންގަނީ ލާމަރުކަޒީ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ބައިވެރިވުމާ އެކުގައިކަން އަކްރަމް ފާހަގަކުރެއްވިއެވެ. [caption id="attachment_75834" align="aligncenter" width="1080"] ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ[/caption] "އިމާރާތްކުރާނީ ކޮންކަހަލަ ބޯހިޔާވަހިކަމެއްތޯއާއި ޑިޒައިނާއި، އިމާރާތްކުރާނެ ބިން ކަނޑައެޅުމާއި، އަދި އިމާރާތް ކުރާއިރު ފެންވަރު ބެލެހެއްޓުމަކީ ކައުންސިލްތައް މެދުވެރިކޮށް ކުރަމުންގެންދާ ކަންކަން. އަދި ހަމައެހެންމެ މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާނީ ތިޔަބޭފުޅުން ހޮވާފައި ތިއްބެވި ކައުންސިލަރުން." ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވިއެވެ. ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައަވަމުން އަކްރަމް ވިދާޅުވީ، މި ސަރުކާރަކީ ބޯހިޔާވަހިކަމުގެ ސަރުކާރު ކަމަށެވެ. މިގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރު ހެދުމަށާއި ގެދޮރު މަރާމާތުކުރުމަށް ކުރިއަށްގެންދާ ލޯން ސްކީމްގެ ދަށުން ލ. އަތޮޅުން އެކަނިވެސް 27 ފަރާތަކަށް 14 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯން ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. [caption id="attachment_75836" align="aligncenter" width="1080"] ގަމުގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ ޑިޒައިން[/caption] "އަތޮޅުތެރޭގައި ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1520 ހައުސިން ޔުނިޓްގެ މަސައްކަތް އެދަނީ ބާރަށް ކުރިއަށް. އަދި ހަމަ އިތުރު 7 ރަށެއްގައި 905 ހައުސިންގ ޔުނިޓް އެޅުމަށް ކޮންޓެކްޓަރުންނާ ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް އެދަނީ ވަމުން. އަދި ކުރިއަށް އއޮތް 2023 ވަނަ އަހަރަށް 18 ރަށެއްގައި 860 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ވަނީ ބަޖެޓްކޮއްފަ. އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ފުރަތަމަ ކުރާޓަރގައި އެ މަސައްކަތް ފެށިގެންދާނެ." އަކްރަމް ވިދާޅުވިއެވެ. [caption id="attachment_75835" align="aligncenter" width="960"] ގަމުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ[/caption] ގަމުގައި އިމާރާތް ކުރަނީ 100 އަކަފޫޓުގެ 100 ހައުސިންގ ޔުނިޓެވެ. މިއިން ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހާނާގެ އިތުރުން ބަދިގެއާއި ލޯންޑްރީއާއި އަދި ގުދަނެއް ހުންނާނެއެވެ. އަދި ހައުންސިން ޔުނިޓްތައް ހަވާލުކުރާނީ ބަދިގޭގެ ކަބަޑްސެޓްގެ މަސައްކަތްވެސް ނިންމާފައެވެ. 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އެކުންފުންޏާ މި މިމަސައްކަތް ހަވާލުކުރީ 1 އަހަރު ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެސްޖޭ ކޮންސްޓްރަކްޝަންއާ މި މަސައްކަތް ހަވާލުކުރީ މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ