މާލެ: 31°C

ގަމު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ގަމު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
April 29, 2023
2 ފަހަރު ބަލާފައި
ގަމު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ލ. ގަމުގައި މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ލ. ގަން، ސައީދާ މަންޒިލް، އަހްމަދު މުހައްމަދެވެ.

ލ. ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ، މިނިވަންއަށް ވިދާޅުވީ، އުމުރުން 67 އަހަރުގެ އެމީހާ މިއަދު ހެނދުނު މޫދަށް ގޮސްފައި އެނބުރި ނައުމުން ހޯދަނިކޮށް ފެނުނީ މިއަދު މެންދުރު 1:30 ހާއިރު ލައްގާފައި އޮއްވާ ކަމަށެވެ.

" އާންމުކޮށް މޫދަށް ގޮސްއުޅޭ އުމުރުން ދުވަސްވީ ބޭފުޅެއް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފަ އޮތްކަމަށް މައުލޫމާތުލިބުނީ " ޒަކީ ވިދާޅުވިއެވެ.

އޭނާ މަރުވާން ދިމާވި ވަކި ސަބަަބެއް ނޭގެއެވެ. ޒަކީ ވިދާޅުވީ، އޭނާ އަކީ އުމުރުން ދުވަސްވީ ބަލި މީހެއްކަމުގައެވެ.

މި ކަމާ ގުޅިގެން ފުލުހުން އަންނަނީ އެ ފަދަ މައްސަލައެއް ހުށަހަޅައިފައިވޭތޯ ބަލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ