އޭގެ އިތުރުން ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގާއި، އަލިކިލެގެފާނު މަގާއި ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުން މިއަދު 13:00 އިން 15:00އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އަދި ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި މަޖީދީމަގުގެ އިތުރުން ޗަމްޕާމަގުން މިއަދު 14:00 އިން 16:00އަށް ކަރަންޓު ކެނޑިދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ކަަރަންޓު ކެނޑިދާނެކަމަށް ބެލެވޭ ރަސަހައްދުތައް ފާހަގަކޮށްފައިވެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.






