މާލެ: 31°C

ގައިންގަޔަށް ނާރާ ބަލިތަށް އޮތީ ކަންބޮޑުވާ މިންވަރަށް: ނައިބް ރައީސް

ގައިންގަޔަށް ނާރާ ބަލިތަށް އޮތީ ކަންބޮޑުވާ މިންވަރަށް: ނައިބް ރައީސް
May 6, 2023
2 ފަހަރު ބަލާފައި
ގައިންގަޔަށް ނާރާ ބަލިތަށް އޮތީ ކަންބޮޑުވާ މިންވަރަށް: ނައިބް ރައީސް
ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އޮތީ ކަންބޮޑުވާ މިންވަަރަށް ކަމަށާއި އެ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރެއްގައި މަސައްކަތްކުރެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް އެހެން ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާ ހިދުމަތްތައް އަލުން ފައްޓަވައި، ހަރުދަނާކުރެއްވުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވުމަށް ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވަނީ ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ނައިބް ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ލިބޭނެ ތަންތަން ހުރުމަކީ ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށް ނަސެހަތްތެރިވެ ވަޑައިގެންފަ އެވެ. "އެއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ ޕްރައިމަރީ ހެލްތް ކެއާ ޕްރޮމޯޓްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ މީޑިއާތަކުންނާއި އާއްމު ރައްޔިތުންވެސް ފުރިހަމައަށް އެއްބާރުލުންދިނުން މުހިއްމު،" ނައިބް ރައީސް ވިދާޅުވި އެވެ. ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމަކީ ކުރިން ހިންގާފައިވާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ނައިބު ރައީސް  ވިދާޅުވީ އެ ޕްރޮގްރާމް ހަރުދަނާކަމާއެކު އަލުން ކުރިއަށްގެންދަން ޖެހިފައިވާކަމަށެވެ. ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތްދިނުމުގައި ޢަމަލު ކުރުމަށް މިހާރުވަނީ އައު "ކެއަރ ޕާތްވޭ" އެއް އެކުލަވާލާފައެވެ. މި "ކެއަރ ޕާތްވޭ" އާއި އެއްގޮތަށް 06 މޭ 2023ން ފެށިގެން ފ. އަތޮޅުގެސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ހިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ޕްރައިމަރީ ހެލްތް ކެއާ އަށް އިސްކަން ދިނުމަށާއި ދުޅަހެޔޮ ކަންމަތީ ތިބުމަށް ފަރުދީ ގޮތުން ކަންކަން ކުރުމަށް، ނައިބު ރައީސް އިލްތިމާސެކުރެއްވިއެވެ. "ބަލިވީމަ ޚިދުމަތްލިބޭ ތަންތަން ހުރުމުން އަޅާނުލާ ތިބެންވީއެއް ނޫން. ވިސްނަންވީ ރައްކާތެރިކަމާއެކު ތިބުމަށް ގަދައަޅަ މަސައްކަތް ކުރަންވީ. މިކަމާ ވަރަށް ގިނަ ކަންތައްތަކެއް ގުޅިފައިވޭ. އާއްމުކޮށް އަޅުގަނޑުމެން އުޅޭގޮތް ބަދަލުކޮށްލުމަކީ މާ ފަސޭހަ ކަމަކަށްނުވިނަމަވެސް އެކަން ރަނގަޅުކުރަންވީ. ތަފާސް ހިސާބަށް ބެލީމަ އިނގޭ ކަންބޮޑުވާ ދަރަޖައެއްގައި ގައިންގަޔަށް ނާރާ ބަލިތައް އެބަހުރިކަން" ނައިބް ރައީސް ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީން މިދިޔަ އަހަަރު ފަހުކޮޅު އާންމުކޮށްފައިވާ ދިރާސާ އަކުން ދައްކާ ގޮތުގައި ރާްްޖޭގައި އެންމެ ގިނައިން މީހުން މަރުވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ