
ގައިން ގަޔަށްއަރާ ބަލިތަށް މިދިޔަ އަހަރަށް ވުރެން މި އަހަރު ގިނަކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި
ގައިން ގަޔަށްއަރާ ބަލިތަށް މިދިޔަ އަހަރަށް ވުރެން މި އަހަރު ގިނަކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި
ލިޔުން:
ގައިން ގަޔަށް އަރާ ބަލިތަށް މިދިޔަ އަހަރަށް ވުރެން މި އަހަރު ގިނަކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
އެޗްޕީއޭ އިން ނެރުނު ތަފާސް ހިސާބުތަކުން ބުނާ ގިތުގައި، ޑެންގޫ އާއި އިންފުލުއެންޒާ އާއި، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގ،ާ ކޮވިޑް ފަދަބަލިތަށް މިދިޔަ އަހަރަށް ވުރެން މި އަހަރު ގިނައެވެ.
އެގޮތުން ޑެންގޫ މިދިޔަ އަހަރު އޭޕްރިލް މަހާއި މޭމަހާ އަޅާ ބަލާ އިރު މި އަހަރު 276 ކޭސް ވަނީ އިތުރު ވެފައިވެއެވެ. އަދި އަރިދަފުސް ރޯގާ ކޮވިޑް ފަދަބަލިތަށް މިދިޔަ އަހަރު އޭޕްރިލް މަހާއި މޭމަހާއި އަޅާބަލާ އިރު މި އަހަރު 24958 ކޭސް ވަނީ އިތުރު ވެފައެވެ. މީގެ އިތުރުން ބޭރާށް ހިންގާ ބަލި މިދިޔަ އަހަރު އޭޕްރިލް އަދި މޭމަހާއި އަޅާ ބަލާ އިރު، 2398 ކޭސް ވަނީ މި އަހަރު އިތުރު ވެފައެވެ.
އަދި މިދިޔަ އަހަރާ އަޅާ ބަލާއިރު އިންފުލުއެންޒާ އަށް ޕޮޒިޓިވް ވި ކޭސްތަށް ވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން 119 ކޭސް އެއް ވަނީ އިތުރު ވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެހެން ކަމުން ޑެންގޫހުމުން ސަލާމަތް ވުމަށް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަށް މަދު ކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލު ކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާ، ކޮވިޑް އަދި އިންފުލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރި ވުމަށް ފިޔަވަޅުތަށް އަބަދު ވެސް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
