
ގައްދޫ އާއި މާވަރުލު އެއާޕޯޓު އެއްގަމުން ގުޅާލަދޭނަން: ރައީސް
ގައްދޫ އާއި މާވަރުލު އެއާޕޯޓު އެއްގަމުން ގުޅާލަދޭނަން: ރައީސް
ލިޔުން:
ގދ. ގައްދޫ އާއި ގދ. މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލުމަށް ވައުދުވެވަޑައިގެންވި ގޮތަށް އެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިވަގުތު އައްޑޫ ސިޓީ ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ގައްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ގައްދޫގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން ބިން ހިއްކުމުގެ މަޝްރޫއަކީ މުހިންމު މަސައްކަތެއް ކަމަށާއި އެކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.
އަދި ގައްދޫ ކައިރީގައި އޮންނަ މާވަރުލު އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށާއި އެ މަސައްކަތްތަކަށް ފަހު މާވަރުލު އެއާޕޯޓާއި ގައްދޫ އެއްގަމުން ގުޅާލާނެ ކަމަށެވެ. އެގޮތުން ގައްދޫ ބިން ހިއްކުން މިއަންނަ އަހަރު ކުރިއަށް ގެންގޮސް އެއާޕޯޓު ގުޅާލުމުގެ މަސައްކަތް މި އަންނަ އަހަރު ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއާޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ. ނަމަވެސް އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުއްޓަސް މި ސަރަަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ވެސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެއާއެކު ފުރުސަތުތައް ފަހިވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން، އަތޮޅަށް ބޭނުންވާ ރިސޯޓުތައް ތަރައްގީ ކުރުމާއި އެކު ފްލައިޓުތައް ގިނަ ކުރެވި، ރައްޔިތުން ބޭނުންވާ ގޮތަށް މިހާރަށް ވުރެ ރަނގަޅު އެއާޕޯޓަކަށް މާވަރުލު އެއާޕޯޓު ބަދަލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
