
ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިފި
ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިފި
ލިޔުން:
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުކުރާ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ، 32އ، (ގައްބަރޭ) ގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަސް ޖަހައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ހޯދަމުންދާތާ ހަފުތާއެއް ފަހުން މިއަދު އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
މެމްބަރު ހަސަން ޒަރީރަށް ހަމަލާދީފައި ވަނީ މިމަހު ފުރަތަމަ ދުވަހު ހެނދުނު 5:08 ހާ އިރު 'ހަބީބީ ކެފޭ އެންޑް ބިސްޓްރްރޯ' ގައި އިންނަވަނިކޮށެވެ.
ފުލުހުން ބުނެފައިވަނީ، ޒަރީރަށް ހަމަލާ ދީފައިވަނީ، ނުރައްކާތެރި ހަތިޔާރެއްކަމަށް ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ. އެމައްސަލައިގައި ދެމީހަކު ހައްޔަރު ކުރިއެވެ.
އަދި މިމަހުގެ 15 ވަނަ ދުވަހު ގައްބަރޭ ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
ގައްބަރޭ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ. އޭނާ އަކީ މީގެ ކުރިން ވެސް މާރާމާރީ އާއި ބޮޑެތި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
