މާލެ: 31°C

ގައްބަރޭ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި

ގައްބަރޭ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި
July 11, 2023
2 ފަހަރު ބަލާފައި
ގައްބަރޭ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފި
މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން އިސްތިއުނާފު ކޮށްފިއެވެ.
މެންބަރު ޒަރީރަށް ހަމަލާދިންކަަމުގެ މައްސަލާގައި ގައްބަރޭ ފުލުހުންނާއި ހަވާލުވީ އޭނާ އަމިއްލަ އަށެވެ.  އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިނީ 30 ދުވަހެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ގައްބަރޭގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ބަންދުން ދޫކޮށްލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި މި މަހުގެ ހަ ވަނަ ދުވަހު އިބްރާހިމް އަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ މި މަހުގެ ނުވަ ވަނަ ދުވަހުގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. މެމްބަރު ޒަރީރަށް ހަމަލާ ދީފައިވަނީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހުގެ ފަތިހު މާލޭގެ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ޒަރީރު އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދިއެވެ. ފުލުހުން ބުނީ މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ