މާލެ: 31°C

ގައްބަރޭ އަދި ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން

ގައްބަރޭ އަދި ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން
May 16, 2023
2 ފަހަރު ބަލާފައި
ގައްބަރޭ އަދި ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނުއެއްޗަކުން ހަމަލާދީ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހޯދަން ފުލުހުން ރޭ އިއުލާނުކޮށަފއި ވާ އިރު އަދި އޭނާ ނުފެންނަކަމަށް ދާދި ދެންމެއަކު ފުލުހުން ބުނެފިއެވެ. ފުލުހުން މީޑިއާ ގްރޫޕްގައި ބުނީ، ގައްބަރޭ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ގައްބަރޭ ހޯދަނީ ޒަރީރަށް ހަމަލާދީގެން ކަމަކަށް ފުލުހުން ސިދާ ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުންގެ ވެބްސައިޓްގައި ގައްބަރޭގެ ފޮޓޯއާއި ވަނަވަރު ހާމަކޮށް ބުނެފައިވަނީ އޭނާ ހޯދަނި ގުރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. ގައްބަރޭ ހޯދަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށްވެސް ފުލުހުން ބުންޏެވެ. ގައްބަރޭ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް ލަސްނުކޮށް އެ މައްސަލައެއް ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ. ފުލުހުން ހޯދަމުންދާ ގައްބަރޭ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސެވެ. ޒަރީރަށް ހަމަލާ ދިން މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހު ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. މި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން މިމަހުގެ 12 ވަނަ ދުވަހު ވަނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ. ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 5:08 ހާއިރު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ