މާލެ: 31°C

ގާޒީ ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމައިފި

March 6, 2023
2 ފަހަރު ބަލާފައި
ގާޒީ ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމައިފި
ގާޒީ ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމައިފި

ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އައްޔަންކުރަން ނިންމާފައިވާ ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ ހައި ކޯޓު ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ސިޔާމާމަންޒިލް، އއ. ފެރިދޫ، ޝަކީލް އައްޔަންކުރަން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާސް ޑިގްރީ އަދި މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ޝަކީލް ފަނޑިޔާރު ކަމަށް ފުރަތަމަ ވަޑައިގެންނެވީ 23 މާޗް 2003 ގަ އެވެ. އޭނާ ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ގާޒީ ޝަކީލަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި ގާޒީ އެވެ. ޔާމީނު 11 އަހަރަށް ޖަލަށްލީ މަނީ ލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ