
ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ނިންމައިފި
ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ނިންމައިފި
ލިޔުން:
އުސޫލުން ބޭރުން ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.
މުސާރައާއި އިނާޔަތް ލިބޭގޮތަށް 14 ދުވަހަށް އިން މިދިޔަ ފެބްރުއަރީ މަހު ޖޭއެސްސީ އިން ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް، ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުގައި ކައިވެންޏެއް ކޮށްދީފައިވާތީއެވެ.
އެ މައްސަލައިގައި ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން އޭނާ ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއެވެ.
[embed]https://minivan.mv/81110/[/embed]
އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފު ނުވާ ތީ އޭނާ ކުއްވެރި ނުވާކަމަށް އިސްތިއުނާފު ކޮމިޓީއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
