މާލެ: 31°C

ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި

ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި
April 23, 2023
2 ފަހަރު ބަލާފައި
ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ، ގާޒީ ހަސަން ސައީދު ރިޓަޔާ ކުރަން ނިންމީ، 20 މާޗް 2023 ގައި އޮތް އެ ކޮމިޝަނުގެ ބައްދަލުވުމުގައި، އުމުރުން 55 އަހަރު ވެފައިވުމާ އެކު އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމުގައެވެ. ހަސަން ސައީދު، ރިޓަޔާކުރެއްވީ، މިއަދުން ފެށިންނެވެ. އޭނާ ވަނީ، 21 އަހަރު ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
ހަސަން ސައީދު މީގެ ކުރިން  ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރެއްވިއެވެ.
ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި އޭނާ ހުންނެވި ދުވަސްވަރުގައި ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއްގައި ދާދި ފަހުން އެ ކޮމިޝަނުން ވަނީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމާ، އަލުން އެމައްސަލަ ސާބިތުނުވާ ކަމަށް ވެސް ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ