ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓު ފުލުުންނާއި ހަވާލު ކޮށްފި

ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސްބޯޓު ފުލުުންނާއި ހަވާލު ކޮށްފި
ލިޔުން:
ގާނޫނާ ހިލާފަށް ދާ ޖަހައިގެން މަސްވެރިކަން ކުރަމުންދަނިކޮށް އެމް.އެން.ޑީ.އެފް އިން ހިފެހެއްޓި ސްރީލަންކާގެ މަސްބޯޓު ފުލުުންނާއި ހަވާލު ކޮށްފިއެވެ.
އެމް.އެން.ޑީ.އެފް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް މި މަހުގެ 24 ވަނަ ދުވަހު އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއިން އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓު "ސަތަސަރާނި 06" އިއްޔެ ހެނދުނު 06:00 ހާއިރު މާލެ ގެނެސް، ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
https://twitter.com/MNDF_Official/status/1661777025148006402?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1661777025148006402%7Ctwgr%5Ebe223c6f49b40566e2a3627aba80472b3f178f6f%7Ctwcon%5Es1_&ref_url=https%3A%2F%2Fhuvadhoomedia.com%2F32553%2F
ކޯސްޓްގާޑް ގެ ބެލުމުގެ ދަށަށް "ސަތަސަރާނި 06" ބޯޓު ގެނެވުނު އިރު ބޯޓުގައި ހަ މީހުން ތިއްބިކަމަށާއި، މީގެ އިތުރުން ގާތްގަނޑަކަށް 500 ކިލޯގެ މަަސް ބޯޓުގައި ހުރިކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމަކީ ގާނޫނީ ކުށެކެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވާއިރު، އެ ބޯޓު ފަހަރު ދޫކޮށްލަނީ ފިޝަރީޒް މިނިސްޓްރީން ޖޫރިމަނާކުރުމަށް ފަހު އެ ފައިސާ ދެއްކުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
