މާލެ: 31°C

ރޯދަ އިނާޔަތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފި

February 18, 2025
92 ފަހަރު ބަލާފައި
ރޯދަ އިނާޔަތް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފި
ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވަޒީފާގެ ގާނޫނު ބުނާ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތުގެ ގޮތުގައި 3,000ރ ދޭންވާނެ އެވެ.

އެލްއާރްއޭއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާއްމުކުރި ބަޔާނެއްގައި ބުނީ ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަޒީފާއަދާ ކުރަމުންދާ ދިވެހި މުވައްޒަފުންނަށް، ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރޯދަ މަހުގެ އިނާޔަތް ލިބިފައިފައިނުވާތީ، ފާއިތުވި އަހަރު ގިނަ މައްސަލަތަކެއް ވަނީ މި އޮތޯރިޓީއަށް ހުށަހަޅާފައެވެ

ލޭބާ ރިލޭޝަނުން ބުނީ، ރޯދަ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންވާނެ ކަމަށެވެ.

ވަޒީފާގައި ތިބި ވަގުތީ މުވައްޒަފުން، ވަގުތީ މުއްދަތު (ޕްރޮބޭޝަން) ގައި ތިބޭ މުވައްޒަފުން އަދި ގާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުންނަށްވެސް އިނާޔަތް ހައްގުވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

"ވަޒީފާދީގެން މުވައްޒަފުން ގެންގުޅޭ އެންމެހާ ފަރާތްތަކުންވެސް، ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ރޯދަ މަހުގެ އިނާޔަތް ދިނުމަށް ހަނދާންކޮށްދެމެވެ'' އަދި ރޯދަ މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އިނާޔަތް ލިބިފައިނުވާނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެ ކަމަށް އެލްއާރްއޭއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ