މާލެ: 31°C

ްޤާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހަށް އެކަމަކު ޤާނޫނު އަސާސީ ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ރައީސް ނަޝީދު

February 19, 2025
93 ފަހަރު ބަލާފައި
ްޤާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހަށް އެކަމަކު ޤާނޫނު އަސާސީ ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ރައީސް ނަޝީދު
ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ. މި މައްސަލައިގެ ދެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމަނިކުފާނަށް ލަފާ ކުރެވިފަ އޮންނަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ނަޒަރުގައި ގާނޫނު އަސާސީ ބަދަލު ކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އަޅުގަނޑަށް ލަފާ ކުރެވިފަ އޮންނަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށް. ގާނޫނު އަސާސީގެ ނަޒަރުގައި ގާނޫނު އަސާސީ ބަދަލު ކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭކަމަށް. އަދި ގާނޫނު އަސާސީ ބަދަލު ކުރުމުގެ ބާރު އޮންނަނީ ސީދާ ރައްޔިތުންނަށްކަމަށް.

މިމައްސަލައިގައި ސުޕްރީމް ކޯޓުން މިހާރު ވަނީ ދައުލަތަށް ޖަވާބު ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ސުޕްރީމް ކޯޓުގައި މިމައްސަލަ އެ ކޯޓުގެ ފުލް ބެންޗުން ބަލާއިރު ބެންޗުގެ ރިޔާސަތުގައި އިންނަވާނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ، މި ބިލުގެ ބަހުސް ކުރިއަށް ގެންގޮސް، ކޮމިޓީގެ މަސައްކަތް ނިންމާ، މަޖިލީހުން ބިލު ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާފައިވެ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ