މާލެ: 31°C

ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު: ޝުޖާއު

January 31, 2025
142 ފަހަރު ބަލާފައި
ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު: ޝުޖާއު
މިރޭ އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ އުޅެނީ ވެރިކަން ގެއްލުމުން ހަޖަމު ނުވެގެން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދެންމެއަކު ވިދާޅުވެއްޖެ އެވެ.

ޝުޖާއު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ހަދަނީ ދޮގު ކަމަށެވެ.

ވެރިކަމުން ބޭލީމަ ތި އުޅެނީ ހަޖަމު ނުވެގެން. ދިވެހި ރައްޔިތުންނާއި މި ގައުމު ފުޑާލާފަ އޮތީ ތިބޭފުޅުން.ހަ އްޤުވެރިން އަތުން ފުލެޓާއި ނުހައްޤުން ބިން ބަހާފަ އޮތީވެސް ހަމަ ތި ބޭފުޅުން. ދެން ވެސް ބަލި ކުރާނަން. އިންޝާالل،" ޝުޖާއު ލިޔުއްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާ ތަމްސީލްކުރައްވާ ޝުޖާއު ވަނީ، އިިދިކޮޅު އެމްޑީޕީގެ އެއްވުން ސަރުކާރުން މިރޭ ރަނގަޅަށް ބަލައި އަޑުއަހަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.

އަޅުގަނޑުމެން އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުންތައް ބަލައިގަންނަން. ނަމަވެސް ގާނޫނުއަސާސީން ރައްޔިތުންނަށް ލިއްބައިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުއްވީ ތިބޭފުޅުންގެ ވެރިކަމުގަ ނޫންތޯ؟" 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ