"ތިޔަ ބޭފުޅުންނަށް އަޅުގަނޑު އިނގޭނެ، ވަރަށް ސާފުކޮށް އިނގޭނެ. ދެން މިއަދު ކުޑަކޮށް ލަދުގަނޭ އަޅުގަނޑު. އެއީ ދޮންމޫސަބޭއަށް ވެސް މިތަނަށް ނުކުންނަށް ނުކެރުނީމާ ދެން އެއީ ލަދުވެތިކަމަކަށް ވާނެ. ދެން އަދި ހެއްވާ ކަމަކަށް ވެސް އަޅުގަނޑަށް ވާނެ،" ނަޝީދު ވިދާޅުވި އެވެ.އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބުކުރައްވާނެކަން ކުރެންދޫ ރައްޔިތުންނަށް އެނގޭނެ ކަމަށާއި އެކަމަކު އެކަމުގައި ބައެއް މީހުންނަށް ބައިވެރި ނުވެވުމަކީ ލަދުވެތިކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "ދެން މި ލަދުން އަރައިގަންނާނެ ގޮތެއް ވެސް އަޅުގަނޑަކަށް ނޭނގޭ. ދެން އަޅުގަނޑު މި ހިތަށް އަރަނީ އަޅުގަނޑު ބާއޭ ލަދުގަންނަންވީ ނޫނީ ދޮންމޫސަބޭ ބާއޭ ލަދުގަންނާންވީ،" އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި "ދޮންމޫސަބޭ" ޖަލްސާއަށް ނިދިއުމުން އެމަނިކުފާނު ހުންނެވީ އިންތިހާއަށް ލަދުފުޅުގެންވަޑައިގެންފަ އެވެ.
ގާތް ބައެއް މީހުން ޖަލްސާއަށް ނުދިއުމުން ނަޝީދުގެ ނުރުހުން!

ގާތް ބައެއް މީހުން ޖަލްސާއަށް ނުދިއުމުން ނަޝީދުގެ ނުރުހުން!
ލިޔުން:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވަރަށް ގާތްކޮށް އުޅުނު އެމްޑީޕީގެ ބައެއް ހަރަކާތްތެރިން އެމަނިކުފާނުގެ ޖަލްސާތަކަށް ނުދާތީ އެމަނިކުފާނު މިއަދު އެކަމާ ނުރުހުން ފާޅުކުރައްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ޅ.ކުރެންދޫގައި މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ އެރަށުގެ ރައްޔިތުންނަށް އިންޒާރުދެމުންނެވެ. އަބްދުލް ޣަނީ އަބްދުލް ހަކީމް އުޅުއްވަނީ ބިރުން ކަމަށް ސިފަކުރައްވައި، އެމަނިކުފާނު ވިދާޅުވީ "އޭނާ މިހާރު އެހެރީ ޕާޓީން ވަކިވެފައި" ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ބިރު އަމިއްލައަށް ލިބިގަތް މީހާ އެހެރީ އަމިއްލައަށް ވަކިވެފައި. އޭނާގެ ފިކުރު އެއޮތީ ގެއްލިފައި މިތަނުގެ މެމްބަރު [އަބްދުލް ޣަނީ]އެހެރީ ޕާޓީން ވަކިވެފައި. އެއަކު އެއްވެސް ޝައްކެއް ނެތް. އެއީ އެ އަހުލާގީ މިންގަނޑެއް ، އެ އުސޫލެއް، އެ ހަމަތަކެެއް އޭނާއަކަށް ނުހިފެހެއްޓުނު،" ނަޝީދު ވިދާޅުވި އެވެ.
ބިރުދައްކައި އަޅުވެތިކުރުމަކީ އެމްޑީޕީއަށް ފައިދާވާނެ ކަމެއް ނޫން ކަމަށާއި އެއީ އިންތިހާބެއް ކާމިޔާބުކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ސިފަކުރެއްވި ގޮތުގައި އެމަނިކުފާނާ ބައިވެރިނުވެވުނު އެމްޑީޕީ މެމްބަރުން މިއަދު ތިބޭނީ އެކަމާ ހިތާމައިންނެވެ. އެކަމާ އެމީހުން ލަދުވެސް ގަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކުރެންދޫގެ އެމްޑީޕީގެ ހަރަކާތްތެރިއެެއްގެ ގޮތުގައި ނަޝީދު ސިފަކުރައްވާ "ދޮން މޫސަބެ" ނަމަކަށް ކިޔާ މީހަކު އެމަނިކުފާނުގެ ޖަލްސާއަށް ނައިސް އެބަހުރި ކަމަށް ވިދާޅުވެ، އެކަމާ އެމަނިކުފާނު ހިތާމަ ފާޅުކުރެއްވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
