
ގއ. ވިލިނގިލިގެ އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ އަޅަން ފެނަކައާ ހަވާލުކޮށްފި
ގއ. ވިލިނގިލިގެ އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާ އަޅަން ފެނަކައާ ހަވާލުކޮށްފި
ލިޔުން:
ގއ. ވިލިނގިލީގައި އަލަށް މީހުން އާބާދުވީ ސަރަހައްދާއި އެރަށުގެ ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ފެނަކައާ ހަވާލު ކުރީ 43.8 މިލިއަން ރުފިޔާގެ އަގަކަށް، 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަސައްކަތްތަކުގެ އެއްބަސްވުމުގައި ސޮއިކުރީ އެކަމަށް ޓަކައި ހައުސިން މިނިސްޓްރީގައި މިއަަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
https://twitter.com/MoNPHImv/status/1618202942561222656?s=20&t=ho4T2FT2aUNPyEXIyjbYCQ
ފެނަކައިން ވަނީ ރާއްޖޭގެ ގިނަ ރަށް ތަކެއްގައި ނަރުދަމާ ނިޒާމް ގާއިމް ކޮށްފައެވެ. ބައެއް ރަށް ތަކުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަނަކަ އިން މިހާރުވެސް އަންނަނީ ކުރަމުންނެވެ. ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގަި ފެނާއި ނަރުދަމާ ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
