މާލެ: 31°C

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
May 28, 2023
2 ފަހަރު ބަލާފައި
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ފުވައްމުލަކު ސިޓީގައި ނުރައްކަތެރި އެކސސިޑެންޓެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެއެވެ. ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. ރޭ 23:25 ހާ އިރު އެކަން ރިޕޯޓްކޮށްފައި ވާ ކަމަށް ފުލުހުން ބުންޏެވެ. އެ އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ، 18 އަހަރާ 19 އަހަރުގެ ދެމީހުނަށް ކަމަށާ އެ ދެމީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް ދެ ޒުވާނުންނަށް ލިބުނު އަނިޔާގެ ތަފްސީލެެއް ފުލުހުން ނުދެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިފަހަަކަށް އައިސް އެކްސިޑެންޓްތައް ވަނީ ވަރަށް ގިނަވެފައެވެ. މިއަހަރުގެ ފުރަތަމަ ތިންމަހު ފުވައްމުލަކު ސިޓީގައި ނުވަ އެކްސިޑޭންޓެއް ވަނީ ހިނގާފައެވެ. އިއްޔެ މާލޭގައި ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ