މާލެ: 31°C
ފުވައްމުލަކުގައި އަދާލަތު ޕާޓީގެ ޖަގަހައެއް ރައީސް ހުޅުއްވައިދެއްވައިފި

ފުވައްމުލަކުގައި އަދާލަތު ޕާޓީގެ ޖަގަހައެއް ރައީސް ހުޅުއްވައިދެއްވައިފި

July 31, 2023
2 ފަހަރު ބަލާފައި
ފުވައްމުލަކުގައި އަދާލަތު ޕާޓީގެ ޖަގަހައެއް ރައީސް ހުޅުއްވައިދެއްވައިފި
ރިޔާސީ އިންތިހާބުގެ ކެމްޕޭން އަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުވައްމުލަކު ސިޓީއަށް ވަޑައިގެން ދަތުރުފުޅުގައި އަދާލަތް ޕާޓީގެ ޖަގަހަ މިއަދު ހުޅުއްވައިދެއްވައިފި އެވެ. އެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. ނައުޝާދު މުހައްމަދާއި ޕާޓީގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް (އިއްސެ) ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. https://twitter.com/MDPSecretariat/status/1685867537890992128?s=20   މިއަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނިކުންނަވާއިރު އެމްޑީޕީގެ ކޯލިޝަންގައި ތިބީ އިތުރު ދެ ޕާޓީއެވެ. އެއީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ. އެގޮތުން ރައީސް ވަނީ އިއްޔެ އެމްޑީއޭ އިން ފުވައްމުލަކުގައި ގާއިމު ކުރި ޕޮލިޓިކަލް ސެންޓަރު ހުޅުއްވައި ދެއްވައިފައެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް މިހާރު ކުރަމުން އަންނަ އަތޮޅުތެރޭގެ ކެމްޕޭންގެ ތެރެއިން ރޭ ވަނީ ފުވައްމުލަކުގައި ރައީސް ސޯލިހާއި ކޯލިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދާލަތު ޕާޓީގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު، ރައީސް ވަނީ އެ ރަށުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވާފައެވެ. އެމަނިކުފާނު މި ދަތުރުފުޅު ނިންމަވާލައްވައި، ކެމްޕެއިނަށް މިއަދު ދެން ފުރާވަޑައިގަންނަވާނީ ށ. އަތޮޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ