މާލެ: 31°C

ފުވައްމުލަކުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ފުވައްމުލަކުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
May 12, 2023
2 ފަހަރު ބަލާފައި
ފުވައްމުލަކުން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި
ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިކަން ހާމަކޮށް ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) ހަބަރެއް ނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުްނދާ ކަމަށެވެ. https://twitter.com/PoliceMv/status/1656989268022272000?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1656989268022272000%7Ctwgr%5E0a2c452b19e40f0e2424b55488c8cfc79d56cba6%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aslu.com.mv%2FwpOm%3Ffbclid%3DIwAR0yr468_i89N0NOgIsJteq_IIycRC9B_iLoku-w1YS-JDHUi602V68KJj0 އާއިލާއިން ފުލުހުންގެ ސަމާލު ކަމަށް އެކަން ގެނައީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުކަމަށާއި، އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއާއި ހަވާލާދީ  ފުލުހުން ބުނެފައިވެއެވެ. ހަސަން ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅައި ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ