މާލެ: 31°C
ފުވައްމުލަކުގައި މޫދަށް އެރުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ފުވައްމުލަކުގައި މޫދަށް އެރުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

January 28, 2024
3 ފަހަރު ބަލާފައި
ފުވައްމުލަކުގައި މޫދަށް އެރުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ފުވައްމުލަކުގައި މޫދަށް އެރުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.  މި މީހާ ގެނބިގެން ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ