
ފުވައްމަލަކުން 4 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ފުވައްމަލަކުން 4 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ލިޔުން:
ޏ. ފުވައްމުލަކު ސިޓީ އިން އުމުރުން 4 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަންފަށައިފި އެވެ.
"މިނިވަން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އެ ރަށުގެ ދިގުވާނޑު ފްލެޓެއްގައި ދިރިއުޅެމުން ދާ އުމުރުން 4 އަހަރުގެ އިޒްޔާން ހުޝާމް ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ.
ކުއްޖާގެ އާއިލާ އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ކުއްޖާ ފެނުނު މީހަކު ލަސްނުކޮށް 9100872 ނުވަތަ 9884426 ނަމްބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ފުވައްމުލަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވާ ކަމަށާއި، އެހެން ކަމުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
