
ފުވައްމުލައް ސިޓީގެ ޕީޖީ ގޮފިން މައްސަލަތައް ބަލައިގަންނަން ފަށައިފި
ފުވައްމުލައް ސިޓީގެ ޕީޖީ ގޮފިން މައްސަލަތައް ބަލައިގަންނަން ފަށައިފި
ލިޔުން:
ފުވައްމުލައް ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އެސިޓީ ގެ ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ) ގޮފިން ބަލައިގަންނަން ފަށައިފިއެވެ.
މީގެ ކުރިން ފުވައްމުލަކުގައި ތަޙުޤީޤުކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީގެ އައްޑޫ ގޮފިންނެވެ.
ޕީޖީ އޮފީހުން ބުނީ، ފުވައްމުލައް ސިޓީއަކަށް ބަދަލުވުމާއެކު ޕީޖީގެ އަމާޒަކަށްވީ ފުވައްމުލަކުގައި ޤާއިމުވެތިބި ތަޙުޤީޤީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށެވެ.
އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ޕީޖީގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުން ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ، އިދާރީ މުވައްޒަފުންނާއެކު މިހާރު ވަނީ މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިކަމަށާއި، މީގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
