މާލެ: 31°C

ފުވައްމުލަކުސިޓީގައި ހިންގި މަސްތުވާތަކެތިވިއްކާ ނެޓްވޯކްތައް ނައްތާލެވިއްޖެ: މިނިސްޓަރ އިހްސާން

February 8, 2025
276 ފަހަރު ބަލާފައި
ފުވައްމުލަކުސިޓީގައި ހިންގި މަސްތުވާތަކެތިވިއްކާ ނެޓްވޯކްތައް ނައްތާލެވިއްޖެ: މިނިސްޓަރ އިހްސާން
ފުވައްމުލަކުސިޓީގައި މަސްތުވާތަކެތިވިއްކާ ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުސިޓީގައި މަސްތުވާތަކެތިވިއްކާ ނެޓްވޯކްތައް އެއްކޮށްހެން ނައްތާލެވިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން މިނިސްޓަރ އިހުސާން ވިދާޅުވީ 'އިންޓެލިޖެންސް ބޭސްކޮށް' މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށާއި އޭގެތެރެއިން ފުވައްމުލަކުގައި ޑްރަގު ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން މީހުންނަށް ޑްރަގު ދެމުން ގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފައި ހައްޔަރުކޮށް، އޭގެ އެންމެ އިސްކޮށް ތިބި މީހުން މަނީ ލޯންޑްރިންގެ ކުށުގައި ހައްޔަރުކޮށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދެމުންދާ ކަމަށެވެ.

އަދި އެ އޮޕަރޭޝަން މި އަހަރު ތެރޭގައި ވެސް ހިންގައި އަތޮޅު ތެރޭ އޮތް ނެޓްވޯކްތައް ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި ޑުރަގުގެ ވިޔަފާރީގައި އެންމެ އިސްކޮށް ތިބޭ ފަރާތްތަކުން އާންމުކޮށް އެ ވިޔަފާރި މި ކުރަނީ އެހެނިހެން ވިޔަފާރި ކުރިއަށް ނެރެގެން އޭގެ ފަހަތުގައި ތިބެގެން. އެމީހުން ޑުރަގު ހިފައިގެން ތަންތަނަށް ވިއްކާކަށް ނުއެއްދާނެ،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ މި އަހަރު ތެރޭގައި އެފަދަ އޮޕަރޝަންތައް މެދު ނުކެނޑި ހިންގަމުންގެންދާނެ ކަމަށާއި އެގޮތުން އަތޮޅު ތެރޭގައި ހިންގާ ނެޓްވޯކްތައް ނައްތާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށެވެ.

އިހުސާން މިހެން ވިދާޅުވި އިރު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވިގެން ޏ. ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އުމުރުން 34 އަހަރުގެ އަޙުމަދު ނިއުޝާދާއި ޏ. ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ އުމުރުން 29 އަހަރުގެ ޙަސަން ޢާޒިމް ވަނީ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ