މާލެ: 31°C
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ޒުވާނެއްގެ ހާލު ސީރިއަސް

ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ޒުވާނެއްގެ ހާލު ސީރިއަސް

January 21, 2024
3 ފަހަރު ބަލާފައި
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ޒުވާނެއްގެ ހާލު ސީރިއަސް
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ހާލުދެރަވި ޒުވާނަކު އިތުރުފަރުވާއަށް މާލެގެނެސްފިއެވެ. ފުލުހުން ބުނިގޮތުގައި އޭނާ އެކްސިޑެންޓްވީ ފުވައްމުލަކުގެ ބޮޑުފަންނު މަގުން ދުއްވާފައި ދަނިކޮށް ސައިކަލު ފާރެއްގައި ޖެހިގެންނެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 10:15 ހާއިރު އެވެ. އަނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާ ވަނީ އިތުރު ފަރުވާ އަށް ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެ ހާދިސާއާ ގުޅިގެން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ. އެކަމަކު، އިތުރު ފަރުވާއަށް ރޭ ދަންވަރު ވަނީ މޯލްޑިވިއަން އެއާލައިންގެ ބޯޓެއްގައި މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު 30 އަހަރުގެ ފިރިހެން މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ