
ފުރަތަމަ ބުރަށް އޮތީ އެމްޑީޕީ، ޖޭޕީ، އަދާލަތު އަދި އެމްޑީއޭ ކޯލިޝަނެއް؟!
ފުރަތަމަ ބުރަށް އޮތީ އެމްޑީޕީ، ޖޭޕީ، އަދާލަތު އަދި އެމްޑީއޭ ކޯލިޝަނެއް؟!
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަ އިރު ވެސް މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ އެމްއާރް އެމް ފިޔަވައި އެހެން ޕާޓީތައް އެމްޑީޕީއާ އެކު ކޯލިޝަން ހަދާނެ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިހާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްއާރްއެމް، އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އަދި އެއްބަސްވެފައި ނުވާ އިރު ކޯލިޝަނާ މުޅިން އަލަށް ގުޅޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިސްކޮށް ހުންނަވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީތައް އެމްޑީޕީއާ ކޯލިޝަން ހަދާނެ ކަން ރައީސް އިބްރާހީމް މުހައްމަަދު ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީގެ މެމްބަރުންނާ މިހާރު ހިއްސާކުރައްވާފައިވާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން "މިނިވަން" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިނޫހަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ޖޭޕީއާއި އަދާލަތާއި އެމްޑީއޭ އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާނެ ކަމަށް ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އަރިހު ރައީސް ވިދާޅުވީ ހޯމަދުވަހުރޭ އާރަށުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ޖެނުއަރީ 28 ގައި ބޭއްވި ޕްރައިމަރީއަށް ކުރެއްވި ކެމްޕޭނުގައި ރައީސް ސޯލިހު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ، ކޯލިޝަނަކާ އެކު މަސައްކަތް ކުރެއްވޭނީ އެމަނިކުފާނަށް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ. ކޯލިޝަނަކާ އެކު ނުކުމެގެން ނޫނީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން، އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ކަަމަށް ވެސް އެމަނިކުފާނު އޭރު ތަކުރާރުކޮށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކައަށް ބަލާއިރު، ޖޭޕީން ނިންމާނީ ރިޔާސީ އިންތިހާބަށް އެޕާޓީން ކެންޑިޑޭޓަކު ނުނެރެން ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް އެކަން ވަކި ގޮތަކަށް ނިންމާނީ މިމަހު ފަހުކޮޅު އެޕާޓީން ބާއްވާ ގައުމީ ކޮންފަރެންސްގަ އެވެ.
ކައުންސިލް ބައްދަލުވުމުގައި ގާސިމް މިއަދު ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށް ވުރެ މުހިއްމީ ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ގެންދަން ބާރު އެޅުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
