
ފުރަތަމަ ތިން އަހަރު ދައުލަތުގެ ދަރަނި ޖީޑީޕީ 90 ޕަސެންޓަށް ކުޑަކުރާނަން: ގާސިމް
ފުރަތަމަ ތިން އަހަރު ދައުލަތުގެ ދަރަނި ޖީޑީޕީ 90 ޕަސެންޓަށް ކުޑަކުރާނަން: ގާސިމް
ލިޔުން:
އެމަނިކުފާނުގެ ވެރިކަމެއްގައި، ފުރަތަމަ ތިން އަހަރު ދައުލަތުގެ ދަރަނި ޖީޑީޕީ، 120 ޕަސެންޓުން 90 ޕަސެންޓަށް ކުޑަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ޖޭޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް މިހާރު ކުރިއަށް ދާ ޖަލްސާ ގައި ވާހަކަ ފުޅު ދައްކަވަމުން، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ހިއްސާ ކުރައްވަމުންނެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގެ ފުރަތަމަ ތިން އަހަރު، ދައުލަތުގެ ހަރަދު ޖީޑީޕީގެ 35 ޕަސެންޓުގައި ހިފަހައްޓާ ދައުލަތުގެ އާމްދަނީ ، 30 ޕަސެންޓު މަތިކުރައްވާނެ ކަމަށެވެ.
" ދަރަނިތައް ކުޑަކޮށް އެއިން ސަލާމަތް ވުމަށް އާމްދަނީ އިތުރު ކުރުމާ އެކު ، މާލީ ހެޔޮ މިސްރާބަކަށް ގައުމު ގެންދާނަން، ރިޔާސީ ދައުރުގެ ފުރަތަމަ ތިން އަހަރު، ދައުލަތުގެ ދަރަނި ، ޖީޑީޕީ، 120 ޕަސެންޓުން 90 ޕަސެންޓަށް ތިރިކޮށް ދައުލަތުގެ ހަރަދު ، ޖީޑީޕީގެ 35 ޕަސެންޓުގައި ހިފަހައްޓާ، ދައުލަތުގެ އާމްދަނީ ޖީޑީޕީގެ 30 ޕަސެންޓަށް މަތި ކުރާނަން" ގާސިމްގެ އެއް ވައުދުފުޅުގެ ބައެއް ކަމުގައި ވިދާޅުވި އެވެ.
މިރޭ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން، ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ބޭނުން ކުރާނެ ޝިއާރާއި އިންތިހާބުގައި ބޭނުން ކުރާނެ ލަވަ ވެސް އިފްތިތާހު ކޮށްދީފައެވެ. ގާސިމް ގެ ރިޔާސީ އިންތިހާބުގެ ޝިއާރަކީ "ހާސްކަނޑާލާ، ހަމަޖެހޭނެ" މި ޝިއާރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
