މާލެ: 31°C

ކަމިޝަނަރު ވިދާޅުވީ ފުލުހުން ފޯނާ ކުޅެން ތިބޭ ޝަކުވާ ބޮޑުކަމަށް

January 26, 2025
171 ފަހަރު ބަލާފައި
ކަމިޝަނަރު ވިދާޅުވީ ފުލުހުން ފޯނާ ކުޅެން ތިބޭ ޝަކުވާ ބޮޑުކަމަށް
ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެންނަ ވަރަށް ފުލުހުން މަގުމައްޗަށް ނެރެފައި ބޭއްތިބި ނަމަވެސް ޑިއުޓީގައި ތިބޭ ފުލުހުން މަގުމައްޗަށް ފަރުވާލެއް ނުބަހައްޓާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަން، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ ފާހަގަ ކުރައްވައިފި އެވެ.

ވެރިރަށް މާލެ ހިމެނޭ ސަރަހައްދުގެ ޓްރެފިކް މެނޭޖުކޮށް އަމަން ބެލެހެއްޓުމަށް މަގުމަތީގައި ޕެޓްރޯލްކޮށް ޑިއުޓީ ކުރާ ފުލުހުންގެ އަދަދު އިތުރު ކުރުމަށް މި ފަހުން ނިންމި އެވެ. އޭރު ކޮމިޝަނަރު ވިދާޅުވެފައިވަނީ ކޮންމެ ފަސް މިނެޓަކުން ފުލުހަކު މަގުމަތިން ފެންނަން ހުންނާނެ ކަމަށެވެ.

މިރޭ ދ. ވާނީ ޕޮލިސް ކެމްޕަހުގައި ބޭއްވި، 38 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރު ވިދާޅުވީ މިހާރު ލިބޭ ޝަކުވާ އަކީ މަގުމައްޗަށް ފުލުހުން ފަރުވާލެއް ބަހައްޓާ ވަރު މަދު ކަމުގެ ޝަކުވާ ކަމަށެވެ.

ވަރަށް ގިނައިން ރައްޔިތުން ކުރާ އެއް ޝަކުވާއަކީ ފުލުހުން މަގުމަތިން ފެނެއޭ، އެކަމަކު ތިބެނީ ފޯނާ ކުޅޭށޭ. މަގުމަތިން ހިނގާ ކަންކަމަށް ފަރުވާލެއް ނުހުރެއޭ. ތިބެނީ ފޯނަށް ގެއްލިފައޭ." ޝުޖާއު ވިދާޅުވި އެވެ.

ޑިއުޓީއަށް އަރާއިރު ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުމަށް ކޮމިޝަނަރު ވަނީ ފުލުހުންނަށް މިރޭ އިލްތިމާސްކުރައްވައިފަ އެވެ.

ހިދުމަތް ދޭން ނުކުމެ ފުލުހުން ތިބޭ ވަގުތު ރައްޔިތުންނަށް ކަމޭ ހިތައި، އިހުތިރާމުކޮށް އަހުލާގީ މިންގަނޑުގެ ތެރެއިން ވާހަކަ ދައްކައި މުއާމަލާތްކޮށް ހެދުމަށް ވެސް ކޮމިޝަނަރު ވަރަށް ބޮޑަށް ނަސޭހަތްތެރިވި އެވެ.

ފުލުހުންނަށް ގާނޫނީ ގޮތުން ލިބިދޭ ބާރުތަކަކީ ހިތު ހުރި ގޮތަކަށް ކަންކަން ކުރަން ލިބިދޭ ހުއްދައެއް ނޫން ކަން ވެސް ހަނދުމަކޮށްދެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ