މާލެ: 31°C

ފުލުހުންނާމެދު ރައްޔިތުންގެ އުންމީދުތައް ދާނީ ބޮޑުވަމުން: މިނިސްޓަރ އިހްސާން

January 26, 2025
153 ފަހަރު ބަލާފައި
ފުލުހުންނާމެދު ރައްޔިތުންގެ އުންމީދުތައް ދާނީ ބޮޑުވަމުން: މިނިސްޓަރ އިހްސާން
މިދިޔަ އަހަރަށް ވުރެ މި އަހަރު ފުލުހުންގެ ހިދުމަތް މިންކުރާނެ މިންގަނޑު ދިވެހި ރައްޔިތުން ގެންގުޅޭނީ މާ މަތިން ކަމަށާއި ރައްޔިތުންގެ އެ ޗެލެންޖު ގަބޫލުކުރަން ވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.

38 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ފުލުހުންގެ ހިދުމަތުގެ ފެންވަރު ހުރީ ވަރަށް ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހިދުމަތް އަވަސްކުރުމަށް ދިވެހި ރައްޔިތުން ބޭނުންވާނެ ކަމާއި އެ ކަމަށް ވާސިލުވުމަށް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން އަދިވެސް އެބަ އޮތް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިދިޔަ އަހަރު ފުލުހުންގެ ހިދުމަތް ރަނގަޅު ކަމަށް ގައިމު ވެސް އަޅުގަނޑު ގަބޫލު ކުރަން. މިދިޔަ އަހަރަށް ވުރެ ރައްޔިތުންގެ އުންމީދުތައް، އެދޭ މިންވަރު މިދިޔަ އަހަރު ހުރި ވަރަށް ވުރެ މަތި ވާނެ ކަމަށް ވެސް ގަބޫލު ކުރަން ޖެހޭ،" ދ. ވާނީ ޕޮލިސް ކެމްޕަހުގައި އޮތް ރަސްމިއްޔާތުގައި އިހުސާން ވިދާޅުވި އެވެ.

"ހިދުމަތުގައި ފުލުހުން މިން ކުރެވިގެންދާ ގޮތް މިދިޔަ އަހަރަށް ވުރެ މަތިވާނެ، މި ޗެލެންޖު ގަބޫލުކޮށްގެން އަޅުގަނޑުމެން ދިވެހި ފުލުހުން ތިބެން ވާނީ،"

ފުލުހުންގެ މަސައްކަތުގެ ތެރެއިން ހަތަރު މަސައްކަތަކަށް އިސްކަން ދޭނެ ކަމަށް މިނިސްޓަރު ދައްކަވާ ވާހަކަ މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގު ކުށްތަކާއި، ބިދޭސީން ކުށްކުރުމުގެ މައްސަލައާއި ކުށަށް ކުޑަކުދިން އަރަމުންދާ މައްސަލަ ހައްލު ކުރުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ