ފުލުހުންގެ ވަޒީފާއަށް ވަންނަން ހުޅުވައިލި ފުރުސަތު މިމަހު 15 އަށް ހަމަވަނީ

ފުލުހުންގެ ވަޒީފާއަށް ވަންނަން ހުޅުވައިލި ފުރުސަތު މިމަހު 15 އަށް ހަމަވަނީ
ލިޔުން:
ފުލުހުންގެ ވަޒީފާއަށް މީހުން ނަގަން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރި އިއުލާނުގެ މުހުލަތު މިމަހުގެ 15 އަށް ހަމަވާތީ ފުލުހުންގެ އިދާރާއިން އެކަން މިއަދު ހަނދާންކޮށްދީފި އެވެ.
ފުލުހުންގެ ވަޒީފާ ފަށާ (ކޮންސްޓަބަލް ރޭންކް) ގައި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅޭނެ ފަރާތްތައް ހޯދަން ޑިސެމްބަރު 28 ގައި ކުރި އިއުލާނު އާއްމުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން ފުލުހުންގެ އިދާރާގެ ޓްވިޓާ ހޭންޑުލް އިން މިއަދު ކުރީ އެ އިއުލާނުގެ ލިންކް ހިމެނޭ ޓްވީޓެކެވެ.
[embed]https://twitter.com/PoliceMv/status/1610884318687285248?s=20&t=SntD9ppv8XCxeA5SFWYkmA[/embed]
އެއިއުލާނުގައިވާ ގޮތުން ފުލުހުންގެ ވަޒީފާއަށް ވަންނަން މިފަހަރު ހުޅުވައިލި ފުރުސަތުގެ މުއްދަދު ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އެސް.އެސް.ސީ އިމްތިހާން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން މަދުވެގެން 3 މާއްދާއިން ދަތްވެގެން "ސީ" ފާސް ހާސިލް ކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމީ ޝަތުރުތަކުގެ އިތުރުން، ޖިސްމާނީ ގޮތުން ހުންނަން ޖެހޭ ޝަތުރުތަކެއް ވެސް ހުރެ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނެން ނަމަ އިސްކޮޅުން ފަސް ފޫޓް ތިން އިންޗި ހުރުމާއި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސްފޫޓު ހަމަވުން ހިމެނެ އެވެ.
ފުލުހުންގެ ކޮންސްޓަބަލަކަށް، މުސާރަޔާއި އިނާޔަތްތަކާއި އެކު މަހަކު ޖުމްލަ 11،810ރ. ލިބޭނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައިދޭ 4،650ރ. އާއި ސާވިސް އެލެވެންސް ގެގޮތުގައި ދޭ 5،000ރ. އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި ދޭ، 1،860.ރ އާއި ޔުނީފޯމް އެލެވެންސްގެ ގޮތުގައި ދޭ 300ރ. އެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
