މާލެ: 31°C
ފުލުހުންގެ މުސާރަ މިމަހުންފެށިގެން ބޮޑުކޮށްފި

ފުލުހުންގެ މުސާރަ މިމަހުންފެށިގެން ބޮޑުކޮށްފި

March 20, 2024
2 ފަހަރު ބަލާފައި
ފުލުހުންގެ މުސާރަ މިމަހުންފެށިގެން ބޮޑުކޮށްފި
ފުލުހުންގެ މުސާރަ މި މަހުންގެ ފެށިގެން 35 އިންސައްތައަށް ސަރުކާރުން ބޮޑުކޮށްފިއެވެ. ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މުސާރައި 35 އިންސައްތައަށް މި މަހުން ފެށިގެން ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ. އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން އެލަވަންސެކެވެ.
" މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު. މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސްތަކަށް ބަދަލުގެނެވިފައިވާނެ." ޝިފާން ވިދާޅުވިއެވެ.
މި ގެނެވުނު ބަދަލާއެކު ފުލުހުންގެ ތެރެއިން އެންމެ މަދުން މުސާރަ ލިބޭ ކޮންސްޓަބަލުން ރޭންކުގެ ފުލުހުންނަށްވެސް މިހާރު މަދުވެގެން 15،500 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްތަކާއެކު ކޮންމެ މަހަކުވެސް މަދުވެގެން 17،000 ރުފިޔާ ލިބޭނެއެވެ. ކުރިން މި ރޭންކުގެ ފުލުހެއްގެ މުސާރައަކީ 11،810 ރުފިޔާއެވެ. މީގެ އިތުރުން މަގުމަތީގައި ހަރަކާތްތެރިވާ ޕެޓްރޯލްމަނުންނަށް އިތުރު 1،000 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އަދާކުރާނަމަ އިތުރު 750 ރުފިޔާ ލިބޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ