މާލެ: 31°C

ފުލުހުންގެ ހިދުމަތަށް އާއްމުންގެ ހިޔާލު ހޯދަން ކޮންފަރެންސެެއް ބާއްވަނީ

January 17, 2023
2 ފަހަރު ބަލާފައި
ފުލުހުންގެ ހިދުމަތަށް އާއްމުންގެ ހިޔާލު ހޯދަން ކޮންފަރެންސެެއް ބާއްވަނީ
ފުލުހުންގެ ހިދުމަތަށް އާއްމުންގެ ހިޔާލު ހޯދަން ކޮންފަރެންސެެއް ބާއްވަނީ
ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް ކުރިއެވުމަށް ޓަކައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން "ޕޮލިސް އިނޮވޭޝަން އެންޑް ރިސާޗް ކޮންފަރެންސް"ގެ ނަމުގައި އަންނަ މާޗްމަހު ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ. އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިން ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައު ކޮންފަރެންސެއް ބާއްވަން ނިންމީ ފުލުހުންގެ މަސައްކަތަށް އާއްމުންގެ ހިޔާލު ހޯދައި، އެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރަން ކަމަަށެވެ. އެ ކޮންފަރެންސް ބޭއްވުމުގެ ހިޔާލަކީ ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުގެ ހިޔާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި ރައްޔިތުން ހިމެނޭހެން [ރައްޔިތުން] ބައިވެރިވެގެން ހިޔާލު ހުށަހެޅިގެން ފުލުހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތަކާ މެދުގައި މަޝްވަރާ ކުރުން [އެއީ ފޮލިސް ބޮޑުން ކުރަމުން އައިކަމެއް] އާދެ އެގޮތުން ގެނެވުނު ހިޔާލަކީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންމެ އަހަރަކު ބޭއްވުން،" އިމްރާން ވިދާޅުވި އެވެ. އެ ކޮންފަރެންސް މިއަހަރު ބާއްވާނީ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އިމްރާން ވިދާޅުވި ގޮތުގައި އެ ކޮންފަރެންސް ބޭއްވުމުގެ މަގުސަދަކީ ރައްޔިތުންގެ މަޝްވަރާއާއި ބައިވެރިވުން ހިމެނޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުމެވެ. އެކޮންފަރެންސަށް ކަރުދާސް ހުށަހެޅުމުގެ ފުުރުސަތު ގާނޫނު ހިންގާ އިދާރާތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި އަމިއްލަ ފަރާތްތަކަށް ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކޮންފަރެންސް ވާނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހުށަހެޅުމުގެ އެންމެ ތަނަވަސް ފުރުސަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ