
ފުލުހުންގެ ގާނޫނު އިސްލާހުކުރީ ބެކްގްރައުންޑް ޗެކްކުރުން އިހުތިޔާރީ ނުކުރާ ގޮތަށް
ފުލުހުންގެ ގާނޫނު އިސްލާހުކުރީ ބެކްގްރައުންޑް ޗެކްކުރުން އިހުތިޔާރީ ނުކުރާ ގޮތަށް
ލިޔުން:
ފުލުހުންގެ ވަޒީފާއަށް މީހުން ވައްދާ އިރު އެމީހުންގެ ބެކްގަރައުންޑް ޗެކް ހެދުން އިހުތިޔާރީ ކަމަކަށް ވާ ގޮތަށް އޮތް ބައި އުނިކޮށް، ފުލުހުންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ފުރަތަމަ އޮތް ގޮތުން، ފުލުހުންގެ ވަޒީފާއަށް ވައްދާ އިރު ބެކްގްރައުންޑް ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ބަދަލުވެ އެވެ. އެ ބިލަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރި އިރު ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވީ އެކަމާ އެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބިލު ދިރާސާކުރި އިރު އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ބިލުގެ އެ މާއްދާ އޮތީ ބަދަލުކޮށްފަ އެވެ. ބެކްގްރައުްންޑް ޗެކް ހެދުން އިހުތިޔާރީ ކުރަން ސަރުކާރުން ހުށަހެޅި ސަބަބަކީ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ޕޮލިގްރާފް ހެދުން ހިމެނުން ކަމަށް ވާތީ ކޮމިޓީން އެ މާއްދާ ބަަދަލުކުރީ ހަމަ އެކަނި އެކަން އުނިވާ ގޮތަށެވެ.
ކޮމިޓީން ބިލު ދިރާސާކޮށް މަޖިލީހުގެ ތަޅުަމަށް މިއަދު ހުށަހެޅި ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރި އިރު ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންގެ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން މިހާރު ކުރަން ޖެހެނީ ދެކަމެކެވެ. ކުށުގެ ރެކޯޑް ސާފުކުރުމާއި ބެކްގްރައުންޑް އެނަލިސިސް އެއް ހެދުމެވެ.
އެ ރިޕޯޓް މަޖީލީހުން މިއަދު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
