
ފުލުހުންގެ ގާނޫނަށް ހުށަހެޅި ބަދަލަށް ނަޝީދުގެ ފާޑުކިއުން
ފުލުހުންގެ ގާނޫނަށް ހުށަހެޅި ބަދަލަށް ނަޝީދުގެ ފާޑުކިއުން
ލިޔުން:
ފުލުހުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާުރުން ހުށަހެޅި ބިލަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ބިލުގައި ފުލުހުންގެ ގާނޫނަށް ގެންނަން އޮތީ މައިގަނޑު ދެ ބަދަލެކެވެ. އެއް ބަދަލަކީ އެގާނޫނުގެ 17 ވަނަ މާއްދާގައި ލާޒިމުކަމެއްގެ ގޮތުގައި ހިމަނާފައިވާ ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންގެ "ބެކްފްރައުންޑް ޗެކްކުރުން" އެއީ އިޚުތިޔާރީ ކަމަކަށް ބަދަލުވާ ގޮތަށް، އެ މާއްދާގެ އިބާރާތް ބަދަލުކުރުމެވެ. ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ ދެވަނަ ކަމަކީ ފުލުހުންގެ ގާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަށް އަމަލުކުރަން ފެށުން އަންނަ އަހަރުގެ މާޗްމަހާ ހަމައަށް ފަސްކުރުމެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރަކު ވާހަކަދައްކަވައި ނިންމެވުުމުން އެހެން މެބްރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުން ނަޝީދު ވިދާޅުވީ ބިލު އޮތް ގޮތުން، ދޭހަވަނީ ފުލުހުންގެ ވަޒީފާއަށް ވަންނަ މީހުންގެ "ބެކްގްރައުންޑް ޗެކް ނުކުރިޔަސް ހެވޭ" ބުނާ ކަމަށް ދޭހަވާ ކަމަށެވެ.
"ދެ މާއްދާއެއް އިސްލާހު ކުރަން މި ބިލު ވެސް އައިސްފައި މިވަނީ. އެއް މާއްދާއެއްގައި ބުނަނީ ކުރީގައި ބުނި ކަންތައް އަދި ވާކަށް ނެތޭ. ދެވަނަ މާއްދާއެއްގައި ވެސް މި ބުނަނީ ބެކްގްރައުންޑް ޗެކް ހެދޭކަށް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ވެސް އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބިލުގައިވާ އިސްލާހު ތަކަކީ ފުލުހުންގެ ގާނޫނުން ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ހާސިލުނުވާ ގޮތަށް ހުރި އިސްލާހުތަކެއް ކަމަށެވެ.
"ސަރުކާރުން ވަރަށް ނާޖާއިޒް ގޮތަކަށް މި އިސްލާހު ހުށަހަޅުއްވައިގެން، ނާޖާއިޒް ފައިދާތަކެއް ނެގުމުގެ މަގުސަދުގައި ހުށަޅުއްވާފައި އޮތް އިސްލާހުތަކެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ހަސަން ލަތީފު ވިދާޅުވި އެވެ.
ފުލުހުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލުގައި އަމަލުކުރަން ފަސް،ކުރަން ހުށަހަޅާފައިވާ މާއްދާއަކީ ތަހުގީގުކުރުމުގެ ހުއްދަ ދެވޭނީ އެންމެ ދަށް ވެގެން ޑިޕްލޮމާ އޮންނަ ފަރާތަކަށް ވާން ޖެހޭނެ ކަމަށް އޮންނަ މާއްދާ އެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
