
ފުލުހުންގެ "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ޕްރޮގްރާމް"5 ތަނަކުން ސްޕޮންސާކޮށްފި
ފުލުހުންގެ "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ޕްރޮގްރާމް"5 ތަނަކުން ސްޕޮންސާކޮށްފި
ލިޔުން:
ފުލުހުން މިއަހަރު ހިންގާ "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް'' ޕްރޮގްރާމް، ސްޕޮންސާކުރާ ފަސް ކުންފުންޏަކާ އެކު އެކަމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރީ ޚިދުމަތުގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ ގޯލްޑް ސްޕޮންސަރ ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީ، މީޑިއާ ޕާޓްނަރ އެސް.އެސް ޓީވީ، އެސޯސިއޭޓް ޕާޓްނަރ ސިމްޑީ ކޮމްޕެނީ، އެސޯސިއޭޓް ޕާޓްނަރ އައިކެއަރ އޮޕްޓިކަލްސް، އަދި ޕާޓްނަރ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާ ފުލުހުންނާ ދެމެދު ގާއިމްކުރާ ފަހުމްނާމާތަކުގަ އެވެ.
ފުލުހުންގެ ފަރާތުން ފަހުމުނާމާތަކުގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދެވެ. ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ދީޕްތާ ދިއަސް އެ ކޮމްޕެނީގެ ފަރާތުން ސޮއިކުރައްވާފައިވެއެވެ. އެސް.އެސް ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީންއެވެ. އަދި ސިމްޑީ ކޮމްޕެނީގެ ފަރާތުން ޖެނެރަލް މެނޭޖަރ ޔޫޝައު ސައީދު ސޮއިކުރައްވާފައިވެއެވެ. އައިކެއަރ އޮޕްޓިކަލްސްގެ މާކެޓިންގ އެންޑް ބިޒްނަސް މެނޭޖަރ އަޒްމާ ޢަބްދުލް ފައްތާހު އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވާއިރު، އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ފަރާތުން ސޮއިކުރެއްވީ ކޯ ފައުންޑިންގ ޕްރެޒިޑެންޓް އާމިނަތު ރީމާއެވެ.
ފުލުހުން ބުނީ މިއަދު ސޮއިކުރެވުނު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އެންގޭޖްމަންޓު ތަފާތު ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
