މާލެ: 31°C
ފުލުހުން ހުރަސްއެޅުމުން ޕީއެންއެފް ޖަލްސާ އެންމެފަހުން ނިއުޕޯޓް ސަރަހައްދަށް

ފުލުހުން ހުރަސްއެޅުމުން ޕީއެންއެފް ޖަލްސާ އެންމެފަހުން ނިއުޕޯޓް ސަރަހައްދަށް

April 9, 2024
3 ފަހަރު ބަލާފައި
ފުލުހުން ހުރަސްއެޅުމުން ޕީއެންއެފް ޖަލްސާ އެންމެފަހުން ނިއުޕޯޓް ސަރަހައްދަށް
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ގޮތުން މިރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން ތާވަލްކުރި ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުގެ ސަބަބުން ޖަލްސާ ނުބޭއްވިގެން އެންމެފަހުން ނިއުޕޯޓް ސަރަހައްދުގައި ޖަލްސާ ބެއްވުމުގެ މަސައްކަތް ފަށައިފިއެވެ. ޣިޔާސުއްދީން ސްކޫލްގައި ބާއްވަން ތާވަލްކުރި ޖަލްސާ ކޯރަމް ހަމަވާވަރަށް މެމްބަރުން ތިބި ނަމަވެސް ޖަލްސާ ބޭއްވިފައި ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވާންޖެހޭ އޮފިޝަލަށް ބައިވެރި ނުވެވިގެންނެވެ. މިނިވަންއަށް މައުލޫމާތު ހިއްސާކުރަމުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވީ، ޖަލްސާގައި އިލެކްޝަނުން އައި ބޭފުޅާއަށް ހޯލަށް ނުވަދެވުނީ ފުލުހުން ހުރަސްއެޅުމުގެ ސަބަބުން ކަމަށެވެ. ޣިޔާސުއްދީން ސްކޫލްގައި ބާއްވަން ތާވަލްކުރި ޖަލްސާއަށް ހާޒިރުވި ޕީއެންއެފްގެ ސަޕޯޓަރުން މިހާރު ވަނީ ނިއުޕޯޓް ސަރަހައްދަށް ދިއުމަށް މިސްރާބް ޖަހާފައެވެ. ޢިޔާސުއްދީން ސްކޫލު ހޯލުގައި މިރޭ ބޭއްވުމަށް ތާވަލްކުރި ޖަލްސާ ހުއްޓުވަން ޖެހުނީ ހުއްދަ ދެވިފައި ނުވާ އެއްވުމެއް ބާއްވަން އުޅޭތީވެ، އެކަން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިފައިވާތީކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޕީއެންއެފުން ވަނީ ފުލުހުންގެ ވާހަކަ ދޮގުކޮށްފައެވެ. ޕީއެންއެފްގެ އިސް ހަރަކާތްތެރިޔާ މުހައްމަދު މަލީހް އެކްސްގައި ވިދާޅުވެފައިވަނީ، ޢިޔާސުއްދީން ސްކޫލުގައި އެ ޕާޓީން ޖަލްސާ ބާއްވަނީ ނަގަންޖެހޭ ހުއްދަތަށް ނަގައިގެން ކަމަށެވެ. https://twitter.com/maleehjamal/status/1777745762686005597 މަލީހް ވަނީ މިރޭ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިއަދު ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން އަންގައިގެން، ސްޓެލްކޯއިން ޖަލްސާ ކުރާ ތަނުން ކަރަންޓުވެސް ކަނޑާލުމަށް މަސައްކަތްކުރަމުންދިޔަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އިތުރު ތަފްސީލް އަންނނީ..

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ